ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އަލިމަގު” އޮޕަރޭޝަނުގައި 23 މިލިއަން ރުފިޔާގެ ޑްރަގްސް ހޯދައިފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް
TTH_Ads
STO_Ads

ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ސަރުކާރުން ފެށި ގައުމީ އޮޕަރޭޝަން، “އަލިމަގު”ގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަނަކީ، މި ސަރުކާރުން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގަން ފެށި މަޝްރޫއެކެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން “ސަންގު ޓީވީ” އަށް ދެއްވި އިންޓަވިއުގައި އިހުސާން ވިދާޅުވީ، “އަލިމަގު” އޮޕަރޭޝަން ނިމުނުއިރު ޖުމްލަ 110 މީހުން ހައްޔަރުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މަސްތުވާތަކެތި ވިއްކުމަށް އެމީހުން ބޭނުންކުރި އާލާތްތަކާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އަދި ފައިސާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

“މީގެ ތެރޭގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަގުމަތީ އަގުގެ ޕްރޮޑަކްޓްތައް ހިމެނޭ،” އިހުސާން ފާހަގަކުރެއްވިއެވެ.

HajjCop_ads

މި އޮޕަރޭޝަނަކީ ހަ މަސް ދުވަހުގެ ދިގު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުރެވުނު މަސައްކަތެއް ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ދެން އޮތީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މި ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ބޮޑެތި ވިޔަފާރިވެރިންނާ ހަމައަށް ދިޔުން ކަމަށެވެ. އެފަދަ މީހުން ރައްޔިތުންނަށް ދީފައި ހުރި ބޮޑެތި ގެއްލުންތަކަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ދެން މިކަމަކަށް ރާއްޖޭގައި ފުރުސަތެއް ނުލިބޭނެ ރާއްޖޭގައި. އަޅުގަނޑުމެން ހިފާ ހައްޔަރުކުރާނަން އެމީހުން. އެ ހިސާބަށް ދާންވެސް ދާނަން. ފުލުހުންގެ ހުރިހާ މަސައްކަތެއް މިހާރު ޑްރަގްސްގެ ދާއިރާގައި މިއޮތީ މި މީހުންނާ ހިސާބަށް ވާސިލުވުމަށް،” އިހުސާން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގައި ހިމެނުމަށް ރައީސް ވަނީ ނިންމަވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ

Igmh

އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުސް އޮފީހަށް ހާޒިރުކޮށްފި، ހުރީ ހަނު!

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ހުޅުމާލެ ފުލުހުންނަށް ފަށައިފި