ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް ބަލަނީ

police
TTH_Ads
STO_Ads

ފުޓްސެލް ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާއި ގުޅިގެން، ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް ބިރު ދެއްކި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ދެކުނުގެ ރަށަކަށް ނިސްބަތްވާ ރަށެއްގައި ކަމަށެވެ.

އެ ރަށު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

HajjCop_ads

މި މައްސަލަ ފުލުހުން ތަހުގީގުކުރާއިރު، ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވުމުން، މައްސަލައިގެ އިދާރީ ބައި ތަހުގީގު ކުރަނީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކަމަށް ފުލުހުން ބުންޏެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ

Igmh

އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުސް އޮފީހަށް ހާޒިރުކޮށްފި، ހުރީ ހަނު!

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ހުޅުމާލެ ފުލުހުންނަށް ފަށައިފި