ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް މިއަދު ކުރިއަށްއެބަގެންދެއެވެ.
އެކުންފުނިން ބުނީ ގަސް އިންދުމުގެ ޕްރޮގްރާމް ރަށްތަކުގައި މިއަދު ކުރިއަށްގެންދަނީ ތިމާވެށި ރައްކާތެރިކޮށް، ދިވެހިރާއްޖޭގެ ކާބަން ފުޓްޕްރިންޓް އޮފްސެޓް ކުރުމަށް 5 އަހަރުތެރޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢުގައި އެ ކުންފުނިން ބައިވެރިވެފައިވާތީ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ވެފައިވާ ވައުދާއެއްގޮތަށް 5 އަހަރުގެ ތެރޭގައި 5 ލައްކަ ގަސް އިންދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ހިންގަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
STELCO@STELCOMALDIVESތިމާވެށި ރައްކާތެރިކޮށް، ދިވެހިރާއްޖޭގެ ކާބަން ފުޓްޕްރިންޓް އޮފްސެޓް ކުރުމަށް 5 އަހަރުތެރޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢުގައި ބައިވެރިވެ، ސްޓެލްކޯއިން ވެފައިވާ ވައުދާއެއްގޮތަށް 5 އަހަރުގެ ތެރޭގައި 5 ލައްކަ ގަސް އިންދުމަށް ކުރަމުންގެންދާ …



ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ފަސް ލައްކަ ގަސް އިންދުމަށް ވެފައިވާ ވައުދާއެއްގޮތަށް އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 5 އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް 74،282 ގަސް އިންދާފައެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ ކޮޕް28ސަމިޓްގައި ތަގުރީރު ކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.