ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތު އޮތް މީހާ 15 ދުވަހަށް ބަންދުކޮށްފި

STO_Ads
TTH_Ads

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ވަނީ އެ މައްސަލައިގެ ބައެއް ތަފްސީލު ހާމަކޮށްފަ އެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހު ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެންޑީއޭގެގައި ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

HajjCop_ads

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ފްލޮރިޑާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް އެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަަށެވެ. އަދި ބުނީ މި މައްސަލަ ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުން ކަމަަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

national drug agency

އެންޑީއޭގެ ބޯޑަށް ބަދަލުތަކެއް ގެނެސް، ސީއީއޯގެ ޝަރުތުތައް ހަރުކަށިކޮށްފި

8w

ޔޫއެންއޯޑީސީ އިން އެންޑީއޭއަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ މިއަހަރު ފެންނާނެ: ސިއްދީޤް

sideeq

ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއާމަނަކަށް ސިއްދީގު އައްޔަންކުރައްވައިފި