ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫއެންއޯޑީސީ އިން އެންޑީއޭއަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި

8w
STO_Ads
TTH_Ads
Advertisement

ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން ނޭޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ)އަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި އެންޑީއޭގައި ބޭއްވި ރަސްމިއްޔާތުގައި އެންޑީއޭގެ ފަރާތުން ޑްރަގް ޓެސްޓް ކިޓްތަކާއި ހަވާލުވެލެއްވީ، އެންޑީއޭގެ އެކްޓިން ސީއީއޯ އަހުމަދު އިބްރާހިމް ދީދީއެވެ.

ކިޓްތައް ހަވާލުކޮށްދެއްވީ، ޔޫއެންއޯޑީސީގެ ރީޖަން އޮފިސަރު، ކްރިސްޓިއަން ހޯލެގްއެވެ.

HajjCop_ads
Advertisement

ޔޫއެންއޯޑީސީއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޓެސްޓް ކިޓްތަކުގެ ތެރޭގައި ހިމެނެނީ، 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓެވެ. މީގެއިތުރުން ޓެސްޓް ކިޓްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާ ކޮށްފައެވެ.

މި ޓެސްޓް ކިޓްތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކީޓްތަކެއް ކަމަށެވެ. ހަމައެއާއެކު، މި ކިޓްތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ސައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށެވެ.

މި ޓެސްޓް ކިޓުތަކަކީ ޢާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރުކޮށްފައިވާ ކިޓުތަކެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

national drug agency

އެންޑީއޭގެ ބޯޑަށް ބަދަލުތަކެއް ގެނެސް، ސީއީއޯގެ ޝަރުތުތައް ހަރުކަށިކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ މިއަހަރު ފެންނާނެ: ސިއްދީޤް

sideeq

ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއާމަނަކަށް ސިއްދީގު އައްޔަންކުރައްވައިފި

55

މަސްތުވާތަކެއްޗާއެކު އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި