ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގަދަރާއި ހިތްވަރާއި އެެހީތެރިކަން ދޭންޖެހޭ: ސާޖިދާ

STO_Ads
TTH_Ads

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގަދަރާއި ހިތްވަރާއި އެެހީތެރިކަން ދޭންޖެހޭ ކަމަށާއި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ފެށި “ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އެއްގޮތްކަމާއެކު ތަފާތުކުރުންތައް ހުރުމަކީ ދުނިޔޭގެ ތަބީޢަތް ކަމަށާއި އިންސާނުންގެ ތެރޭގައިވެސް އެކި ގާބިލުކަން އެކިވަރަށް އެކި މީހުންގެ ހުންނަ ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރި އުނިސިފަތައް ކަމަށް ހީވެފައިވާ ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއާއި އެ މީހެއްގެ ޤައުމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި މުޅި އިންސާނިޔަށްތަށްވެސް އެފަދަ މީހުންގެ ފަރާތުން ބޮޑެތި މަންފާތަކެއް ފޯރުކޮށްދެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

HajjCop_ads

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ގަދަރާއި ހިތްވަރާއި އެެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ އަޚުންނާއި އުޚުތުންނާމެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއްވެސް މީހަކީ އެންމެ ފުރިހަމަކަން ލިބިފައިވާ މީހެއް ނޫން ކަމަށާއި އެހެންވެ ކޮންމެ މީހަކުވެސް އަނެކުންގެ ރިހުންތަކާއި ވޭންތަކަށް އިހުތިރާމް ކުރަންވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް. އެހެން މީހުންގެ ހާލަށް އިސްކަންދޭ ބަޔަކަށް. އިންސާނިއްޔަތުގެ މާތް ސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ޤައުމެއްގެ ހެއްކެއް. އެ އަމާޒަށް ވާސިލްވުމަށްޓަކައި އަޅުގަނޑުމެންނަކީ އުއްމީދީ، ހެޔޮ ވިސްނުމަކުން ކަންކަމާމެދު ވިސްނާ ބަޔަކަށްވުން ވަރަށް މުހިންމު،” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ފަހިވުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ. އަދި މި ފުރުސަތު ފަހިވެގެންދިއުމުން ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ކަމަށާއި މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެމްޕީއެލްއިން ފެށި ޕްރޮގްރާމަކީ އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު އެތައް ދިވެހި ރައްޔިތުންނަށް ފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވައިފި

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ސާޖިދާ

ޤުރުއާން މުބާރާތަކީ އީމާންތެރިކަން ވަރުގަދަވެ، އަޚްލާޤީ ރަނގަޅު ސިފަތައް މަގުފަހިވާ ކަމެއް: ސާޖިދާ

މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި