ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެއްޗާއެކު ބިލެތްދޫން ދެ މީހަކު ހައްޔަރުކޮށްފި

117
STO_Ads
TTH_Ads
Maldivian_Ads
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ބިލެތްދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ބިލެތްދޫ / ޑޭޒީމާގެ، ނަޒަވާން ނާފިޢު (22އ) އާއި، ފ. ބިލެތްދޫ / ޗާންދަނީ ވިލާ، އައިމަން ނަޝީދު (26އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ބިލެތްދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ބޭނުންކުރަން ތިބިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ބިލެތްދޫ ފުލުހުން ހިންގި މި އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް އެ މީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

މަސްތުވާތަކެތީގެ ވިޔަފާރި ހިންގަން ގެ ދިންކަން ސާބިތުވެ ގޭގެވެރިމީހާ 10 އަހަރަށް ޖަލަށް

5 Suspects 8e3444a00b

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކާށިދޫން 5 މީހުން ހައްޔަރުކޮށްފި

8u

3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރިން ހައްޔަރުކުރި މީހަކު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް

988

އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު ހާމަކޮށްފި