ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސީ ލައިންގެ ހިދުމަތް ފެބްރުއަރީ މަހު ފަށަނީ

STO_Ads
TTH_Ads
Advertisement

ޓެކްސީ ލައިންގެ ހިދުމަތް، އެންމެ ލަސްވެގެން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އެ ހިދުމަތް ފުރަތަމަ ފަށަން ނިންމީ އަންނަ ޖުލައި މަހުގެ ކުރީކޮޅެވެ. ނަމަވެސް އެ ހިދުމަތް އޮގަސްޓް މަހުގެ ފަހުކޮޅު ފެށުމަށް ލަސްކުރި ނަމަވެސް އެކަން ފެށިފައެއް ނުވެއެވެ.

HajjCop_ads
Advertisement

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ކުރިއަށްދަނީ ޓެކްސީތަކުގެ ޕްރޮޑަކްޝަން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަސް ފެށޭއިރުގައި މާލޭގައި އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ޒަމާނީ އަދި ވަރަށް ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފަށާނަން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުން ބާކީ ނުވާނެ ކަމަށާއި އެ ޕްރޮގްރާމްގެ ތެރޭގައި ޓެކްސީ ޑްރައިވަރުން ހިމަނާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޑްރައިވަރުންނަށް ކަނޑައެޅިފައިވާ އާމްދަނީއެއް ކޮންމެ މަހަކު ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަމަހަމަ ހިދުމަތެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ބަސް ދަތުރުތައް އަލުން ފަށައިފި

Big 4j0ssZJfBcUBwVX9xR6rfQ2LQ

އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

43

އަމީނީ މަގުގައި އަލުން ތާރުއެޅުމަށް ބޭނުންވާ ޕްރީ-ކޮންސްޓްރަކްޝަން ސާވޭ ފަށައިފި

43

މާލޭގެ މިނީ ބަހުގެ ހިދުމަތުގެ ރޫޓުތަކަށް މިނިވަން ދުވަހާ ދިމާކޮށް ބަދަލުތަކެއް