ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސީ ލައިނުން 22 ދުވަސްތެރޭ 13000އަށްވުރެ ގިނަ ދަތުރު

Taxi
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލެ ޓެކްސީ ލައިން ތައާރަފް ކުރިފަހުން ފާއިތުވި 22 ދުވަހުގެ ތެރޭގައި 13000އަށް ވުރެއް ގިނަ ދަތުރުކޮށްފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ވަނީ މާލެ ޓެކްސީލައިން ތައާރަފްކޮށް ހިދުމަތް ދޭން ފެށިފަހުން މިހާތަނައް ކޮށްފައިވާ ދަތުރުތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގެ 18 އިން 9 މޭއާއި ހަމައަށް ޖުމްލަ މިހާތަނައް 13073 ދަތުރު ވަނީ ކޮށްފައިއެވެ. މީގެ ތެރޭގައި ހިމެނެނެނީ މާލެ އަށް ކުރި 9395 ދަތުރާއި ވީއައިއޭއަށް ކުރި 429 ދަތުރާއި ހުޅުމާލެ ފޭސް 1އަށް ކުރި 1966 ދަތުރުގެ އިތުރުން ހުޅުމާލެ ފޭސް 2އަށް ކުރި 1283 ދަތުރުއެވެ.

މި ދަތުރުތަކުގައި ޖުމްލަ 9550 ކަސްޓަމަރުން ވަނީ ދަތުރުކޮށްފައިކަމަށް އެމްޓީސީސީއިން ބުންޏެވެ.

ޓެކްސީ ލައިންގެ ޚިދުމަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި ޚިދުމަތަށް ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.

މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ގެެނެސްފައިވަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ. މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިދިޔަ އެޕްރީލްމަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިދިޔަ އަހަރު އެމްޓީސީސީއަށް 85 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައިފި

އެމްޓީސީސީއަށް މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް

WhatsApp Image 2026 08 24 at 17.01.39

ރައީސް ދެއްވި ޔަގީންކަމާއެއްގޮތަށް މުރައިދޫ މިސްކިތުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް

WhatsApp Image 2026 08 24 at 17.01.38

ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް