ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި މިހާރު 126 މިލިޔަން ޑޮލަރު އެބަހުރި: ރައީސް

Ii
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު މިހާރު 126 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ރައްޔިތުންނާއެކު ކުރިއަށް ނަމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ މާލީ ހާލަތަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ބޮޑެތި ދަރަނިތައް ނަގާފައި ހުރީ ޤައުމަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވޭ. އަޅުގަނޑުމެންގެ އެއްޗެއްސެއް ނޫން އެއީކީ ޑިފޯލްޓްވެއްޖެއިއްޔާ. އެހާ ނުރައްކާތެރި ހާލަތަކަށް ޤައުމު ވައްޓާލާފައި އޮތީ. އެހެން ނަމަވެސް ބަޖެޓު މެނޭޖް ކުރަމުން މިދަނީ ބޭނުންވާ މަޤްޞަދު ހާސިލްކުރަމުން. ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނަން ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ދައުލަތުން ބޮޑެތި ލޯނު ދައްކަން ޖެހޭއިރު ދަރަނި ދެއްކުމަށް ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މި ސަރުކާރު ހަވާލުވިއިރު ހުރީ އެންމެ 2 މިލިޔަން ޑޮލަރާއި 2.7 މިލިޔަން ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މިއަހަރު މިހާތަނަށް އައިއިރު އެ ފަންޑުގައި 126 މިލިޔަން ޑޮލަރު އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދަރަނި ދެއްކުމަށާއި ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ގެނެވުނު ބަދަލުގެ ތެރެއިން މިިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް 584 މިލިޔަން ޑޮލަރު ބޭންކުތަކަށް މާކުރެވިފައިވާކަމަށް ރައީސް ހާމަކުރެއްވިއެވެ. މިއާއެކު ދަރަނި ދެއްކުމާއި ސަރުކާރުން ހަމަޖައްސަންޖެހޭ އެހެނިން ބޭރު ފައިސާގެ ކަންކަން ހަމަޖެއްސުމަށް ބޭނުންކުރާ ރަސްމީ ރިޒާވުގައި 864 މިލިޔަން ޑޮލަރު އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް