ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ އިސްލާމްދީން: ރައީސް

TTH_Ads
Maldivian_Ads
STO_Ads
Advertisement

މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ މާތްވެގެންވާ އިސްލާމްދީންކަމަށާއި، އަދި އެ ފައުންޑޭޝަނެއްގެ މަތީގައި މި ޤައުމު ބިނާކުރާ އުސޫލަކީ ވެސް މާތްވެގެންވާ އިސްލާމްދީންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ދެ އަހަރުފުރުމާއި ގުޅިގެން މިރޭ މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވާހަކަދައްކަނީ ނަތީޖާއިން ކަމަށާއި، ހުރިހާ އެއްޗަކީ ވެސް ރައްޔިތުންނަށް ވަޢުދުތައް ފުއްދައިދީ، އޭގެ ފޮނިމީރުކަން ހޯދައިދިނުން ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތައް ތިން ބަޔަކަށް ބަހާލާނަމަ، އެއީ ހަމަޖެހުން، ތަރައްޤީ، އަދި ރައްކާތެރިކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހުރިހާ ސިޔާސަތެއްގެ ވެސް މައިގަނޑަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ތަރައްގީގެ މަޝްރޫޢުތައް، ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުން، ޒުވާނުން ބިނާކުރުން، އިގްތިސޯދު ތަރައްގީކުރުން އަދި އިގްތިސޯދީ ދުޅަހެޔޮކަން ޤައުމަށް ގެނައުން ވެސް ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށް ކަމަށެވެ. ރައީސް ވިދާޅުވީ، ފަޚުރުވެރި އިސްލާމީ ހަޟާރަތެއް ގާއިމުކުރުމަކީ ހުރިހާ ދިވެހި ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށާއި، އެއީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.

”ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަދި ހުރިހާ ސިޔާސަތެއްގެ ވެސް މައިގަނޑަކީ މާތްވެގެންވާ އިސްލާމްދީން، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް މި ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުއެއް ވިޔަސް، ރައްޔިތުނަށްވީ ވަޢުދެއް ފުއްދުންކަަމަށް ވިޔަސް، ޒުވާނުން ބިނާކުރުންކަމުގައި ވިޔަސް އަދި އިގްތިސޯދު ތަރައްގީކުރުންކަމަށް ވިޔަސް، އިގްތިސޯދީ ދުޅަހެޔޮކަން ޤައުމަށް ގެނައުން ކަމުގައި ވިޔަސް ކޮންމެ ކަމެއްވެސް ފައުންޑޭޝަނަކީ، އަދި ފައުންޑޭޝަނެއްގެ މަތީގައި މި ފަޚުރުވެރި ޤައުމު ބިނާކުރާނެ އުސޫލަކީ މާތްވެގެންވާ އިސްލާމްދީން” ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުން ހިމެނޭކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނަކީ މުސްލިމުން އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށާއި، ދިވެހިން ދިރިއުޅޭ ކޮންމެ ފަސްގަނޑެއްގައި ވެސް ޤުރުއާނަށް އިސްކަންދޭނެ، ތިލާވަތު ކުރާނެ، ވަގުތު ހޭދަކުރާނެ ބިނާތަކެއް ޤާއިމުކުރުމަކީ އެމަނިކުފާނު ފަޚުރެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މި މަސައްކަތްތައް ތިން އަހަރަށް ބަހާލައިގެން، ރަށުގެ ކުޑަބޮޑު މިނަށް ބަލައިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޓީތަކުގައި ވަގުފު އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާކަން ފާހަގަކުރަށްވާ، މި އިމާރާތްތައް ދޮޅު އަހަރެއްގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ވަގުފު އިމާރާތްތައް ބިނާކުރަނީ އިސްލާމް ދީނަށް ޚަރަދު ކުރުމަށްޓަކައި، ޒުވާނުން ބިނާކުރުމަށްޓަކައި އަދި މުޖުތަމައު ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓްތަކެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް