ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

Dd
TTH_Ads
STO_Ads
Advertisement

ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި ހުވަދު އަތޮޅުން 16 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތާ ގުޅިގެން، މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގއ. އާއި ގދ. އަދި މާލެއިން ޖުމުލަ 16 މީހަކު ހައްޔަރުކޮށް 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ގއ. މާމެންދޫއިން 8 މީހަކާއި، ގދ. ވާދޫއިން 5 މީހަކާއި، މާލެއިން 3 މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެ ތެރޭގައި އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ހިމެނެއެވެ. މަސްތުވާތަކެތި ހޯދުމަށް 18 ގެއާއި، ގެސްޓް ހައުސްއަކާއި، އޮފީހަކާއި، ފަޅު ރަށެއްގެ އިތުރުން ދެ ހުސް ބިން ބަލައި ފާސްކުރެވުނުއިރު، ދެ ކާރާއި ފަސް ސައިކަލުވެސް ވަނީ ބަލައިފާސްކޮށްފައެވެ.

HajjCop_ads
Advertisement

ހައްޔަރުކުރި މީހުންގެ ތެރެއިން 11 މީހެއްގެ ބަންދާ މެދު ކޯޓުން ވަނީ ގޮތެއް ނިންމާ އެކި މުއްދަތުތަކަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މި އޮޕަރޭޝަނަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށުނު އޮޕަރޭޝަން އަލިމަގުން ލިބުނު މައުލޫމާތުގެ އަލީގައި ހިންގުނު އޮޕަރޭޝަނެކެވެ. “އޮޕަރޭޝަން އަލިމަގު” ގައި އިއްޔެގެ މެންދުރާ ހަމައަށް 97 މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ މަސްތުވާތަކެތި ވިއްކާ މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަންގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެ، 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. އަދި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

H Hakeem
polihunnah shukuriyya

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

Main 20250516

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ ސަރަހައްދުގައި 1355 އެކްސިޑެންޓު

moosun

ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި