ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ “ހެލްތު އެކްސްޕޯ” ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

TTH_Ads
STO_Ads
Advertisement

މިއަހަރުގެ ހެލްތު އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ “ހެލްތު އެކްސްޕޯ 2025” މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ބައިވެރިވަޑައިގަތެވެ.

އެކްސްޕޯ ކުރިއަށްދާނީ ނޮވެމްބަރު 13، 15 އަދި 16 ވަނަ ދުވަހެވެ. މިއަހަރުގެ އެކްސްޕޯ ވެސް ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

HajjCop_ads
Advertisement

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” އެވެ.

އެކްސްޕޯގައި 50 އަށް ވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް އެކްސްޕޯގައި ބައިވެރިވެއެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެކްސްޕޯގައި ޞިއްޙީ ދާއިރާގެ މަޢުލޫމާތާއި، ޞިއްޙީ ދާއިރާއިން ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ލިބޭނެ ކަމަށެވެ.

މިފަހަރުގެ އެކްސްޕޯގައި ބިދޭސީންނަށް ޚާއްޞަކޮށްގެން ޞިއްޙަތާ ގުޅޭ މުހިއްމު މަޢުލޫމާތު ޙިއްޞާކުރުމާއި، ހެލްތު ސްކްރީނިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

463139 09f8984c 7

ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

FB IMG

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

madam saajida

އަޟްޙާ ޢީދުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި