ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

463139 09f8984c 7
TTH_Ads
STO_Ads
Advertisement

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ކެފޭތަކާއި ރެސްޓޯރެންޓުތައް ހިންގާ ވިޔަފާރިވެރިން އިސްދައުރެއް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވަނީ، ދުންފަތުން ލިބޭ ސިއްހީ ގެއްލުމަކީ އެތައް ޖީލުތަކަކަށް ދެމިގެންދާ ބޮޑު ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ އިތުރުން، އޭގެ ދުމުގެ އަސަރު ފޯރާ އެހެން މީހުންނަށް ވެސް ސިއްހީ ގޮތުން ނޭދެވޭ އެތައް އަސަރުތަކެއް ކުރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ދުންފަތަށް ކުރާ ހަރަދަކީ ފައިސާގެ ބޮޑު އިސްރާފެއްކަމަށާއި، އެއީ ހަށިގަނޑަށް ގެއްލުންދިނުމަށް އަމިއްލަޔަށް ކުރެވޭ ހަރަދެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ފުއްޕާމޭގެ ބަލިތަކާއި، ކެންސަރާއި ހިތުގެ މައްސަލަތައް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކޮށްދީ، ހަށިގަނޑުގެ އެތެރޭގެ ނިޒާމުތައް ފެއިލްކޮށްލާ ވިހައެއްގެ ގޮތުގައި ދުންފަތް ސިފަކުރެއްވިއެވެ.

މިއަހަރުގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވަމުން، ދުންފަތް އިޝްތިހާރުކުރުމަށް މިހާރު ބޭނުންކުރާ ތަފާތު އާ އުކުޅުތަކުގެ މައްޗަށް ސާޖިދާ ވާހަކަފުޅު ދެއްކެވިއެވެ. ކުރިއާ ހިލާފަށް، ކުޑަކުދިން މި ވަބާގައި ޖެއްސުމަށްޓަކައި ޝީޝާ އާއި ވޭޕު ފަދަ ޒަމާނީ ބާވަތްތައް މާކެޓުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިފަދަ ތަކެތީގެ ސަބަބުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލާ ހަމައަށް ހުށަހެޅިގެންދާކަމުގެ ކަންބޮޑުވުން އެކަމަނާ ފާޅުކުރެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

ދުންފަތުގެ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި މުޅި މުޖުތަމައު ހޭލައިތިބުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވިއެވެ. އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކެފޭތަކާއި ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން މިކަމުގައި ނަމޫނާ ދެއްކުމަށް ގޮވާލެއްވިއެވެ. އަމިއްލަ ސިއްހަތާއި ހަށިގަނޑަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރަން އެއްވެސް މީހަކު ބޭނުންނުވާނެކަން ހަނދާންކޮށްދެއްވަމުން، މި ވަބާއިން ދުރުވުމަށް އާ އަޒުމަކާއެކު ތެދުވުމަށް އެކަމަނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

FB IMG

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

madam saajida

އަޟްޙާ ޢީދުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި

saajida

ނަރުހުންގެ ކުރިއެރުމަށް އިންވެސްޓުކުރުން މުހިންމު: މެޑަމް ސާޖިދާ