ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މެންދުރު ފަހު މ. މުލަކަށް ވަޑައިގެންނެވުމުން އެރަށުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގެންނެވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އެކަމަނާ މުލަކަށް ވަޑައިގެންނެވުމުން، އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުޙަބާ ދެންނެވުމަށް ބަނދަރަށް ޒިޔާރަތްކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މުލަކަށް ވަޑައިގެންނެވުން

ދަތުރުފުޅުގައި އެކަމަނާ ވަނީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ރަސްމީކޮަށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވެއެވެ. އަދި، މުލަކު ފިޓްސަން އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުއްވައިދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާ ދަތުރުފުޅުގައި، ދައުލަތުގެ ވަޒީރުންނާއި، އެ ދާއިރާގެ މަޖިލިސް މެންބަރުވެސް ބައިވެރިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މުލަކަށް ވަޑައިގެންނެވިއިރު، ޖޫން މަހުގެ ހަތް ވަނަ ދުވަހު އެކަމަނާ ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ. ނިލަންދޫއަށްވެސް ވަޑައިގަންނަވާފައެވެ. އެ ދަތުރުފުޅުގައި ފ. ދަރަނބޫދޫއަށްވެސް އެކަމަނާ ވަޑައިގެންނެވިއެވެ.