ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އުސޫލުތަކާ ޚިލާފަށް ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރާ ކަމަށް ދެކެވޭ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި

Dd

މިދިޔަ ހަފުތާގައި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޭންކުގެ ބޯޑާއި މެނޭޖުމަންޓުން މަސައްކަތް ކުރަނީ ފުރިހަމަ ޕްރޫޑެންސް (ސަމާލުކަން ބަހައްޓައިގެން) އާއި މިނިވަންކަމާއެކުގައި ކަމަށެވެ. އަދި، އެ ބޭންކުން އަންނަނީ އެމްއެމްއޭ އާއި ބައިނަލްއަގުވާމީ އެންމެ ހަރުދަނާ ސްޓޭންޑަޑުތައް ހިފަހައްޓަމުން ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

“އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑުތަކަށް،” ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

އަދި ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން ގަވައިދުން ބޭންކު އޮޑިޓްކުރަމުން އަންނަ ކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ބޭންކުން ބުނީ ހިނގަމުން އަންނަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށާއި، ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާއި އެއްގޮތަށް ބޯޑުން ނިންމާ ނިންމުންތަކާއި ދޭ ލަފަ އާއި އިރުޝާދުގެ ވެސް ދަށުން ކަމަށެވެ.

“އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ.” ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ލޯނު ދޫކުރަނީ އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަ ށްވެސް ބަލާފައި ކަމަށެވެ. އަދި ލޯނު ދެނީ އަންޑަ-ރައިޓިން އުސޫލާ އެއްގޮތަށް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ގައުމީ ބޭންކުން ބުނީ ސަރުކާރުގެ މަޝްރޫތއް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެއެވެ.

މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ:

  • ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
  • އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
  • ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
  • ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
  • ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
  • އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ

ބޭންކާ ގުޅޭ ގޮތުން އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފަތުރަން ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، “ކަމުގެ މައުލޫމާތު ރަގަޅަށް ނުހޯއްދަވާ، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށް ޓަކައި” މި ފަދަ މައުލޫމާތު ހާމަނުކުރަން ބޭންކުން އިލްތިމާސްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement