ރަށެއްގެ ފަޅު ތެރޭގައި ދާ ޖަހައިގެން ގިނަ އަދަދެއްގެ މަސް ހިފި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ދާ ޖަހައިގެން މަސް ހިފާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯ އިން ފެންނަގޮތުގައި ރަށެއްގެ ފަޅުތެރޭގައި ބޮޑު ދާ އަޅައިގެން ގިނަ އަދަދެއްގެ މަސް ހިފާ މަންޒަރު ފެނެއެވެ. އެ ދޯނީގެ ވަތުތެރެއަށް ވެސް ގިނަ އަދަދެއްގެ ބޮޑެތި ފަރުމަސް އަޅައިފައި ވަނިކޮށް އެ ވީޑިއޯ އިން ފެނެއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި ދަލު މަސްވެރިކަން ހިމެނެއެވެ.