ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމުގެ ލައިސެންސަށް ހުށަހެޅޭނީ “ކެޔޮޅު ވެބް-ޕޯޓަލް” މެދުވެރިކޮށް

masverin
STO_Ads
Maldivian_Ads
TTH_Ads
Advertisement

މަސްވެރިކަމުގެ ލައިސަންސަށް އެދި ދެން ހުށަހެޅޭނީ ކެޔޮޅު ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއިން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ‘ކެޔޮޅު’ ވެބް-ޕޯޓަލް މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމުވަނީ މިހާރު ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން، 4 ނޮވެންބަރުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު އެ ވުޒާރާއިން ބަލައިގަންނާނީ އެ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ލައިސަންސް އައު ކުރުމަށް ހުށަހަޅާ ފޯމް، 23 ނޮވެންބަރުން ފެށިގެން ބަލަގަންނާނީވެސް މި އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް ވިދާޅުވިއެވެ. ‘ކެޔޮޅު’ ޕޯޓަލް އަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ.

HajjCop_ads
Advertisement

‘ކެޔޮޅު’ ޕޯޓަލް އަކީ މަހާއި މަހުގެ އުފެއްދުތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާ ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން އެ ވުޒާރާއަށް ފޮނުވުމަށް އަދި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިހާރުވެސް އެ ވުޒާރާއިން ބޭނުންކުރަމުންދާ ވަޞީލަތެކެވެ.

މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައު ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް އެ ވުޒާރާގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކޮށްފައިވެއެވެ. މީގެ އިތުރުން އެންމެފަހުން ހުއްދަ ކުރި ކަށި މިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމް އެ ވުޒާރާއިން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިޓަލީގެ ރޯމްގައި ބޭއްވި މަސްވެރިކަމުގެ ސަމިޓުގައި ދިވެހި މަސްވެރިއެއް ބައިވެރިވެއްޖެ!

masverin

މަސްވެރި އުޅަނދުތަކަށް ސަބްސިޑީ ލިބޭނީ ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓްރީ ވެގެން

masverin mifco

113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު

masverin

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި