ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކަން ހުރިނަމަ މިޕްރޮގާމުގައި ބައިވެރިވާންވީ

Masverin
STO_Ads
TTH_Ads
Advertisement

މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކަން އިތުރުކުރަން ސަރުކާރުން ހިންގާ ޕްރޮގާމުގައި ބައިވެރިވާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަުހުގެ 17ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

ވާލްޑް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދަ “ޓްރާންސފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް”، (ޓްރާންސްފޯމް) ގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 3 މަސް ދުވަހުގެ މުއްދަތަކަށެވެ.

MMA_Ads
HajjCop_ads
Advertisement

މި ޕްރޮގްރާމުގައި މަސްވެރިކަމާބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ބައިވެރިންނަށް ފަހިކޮށްދޭނެއެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުޅަންދެއްގައި އަމަލީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގައި ތަމްރީންދޭނީ ރާއްޖޭގެ ފުންނާބު އުސް ކެޔޮޅުން ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން 5 ޒުވާނުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް އެލަންވެސް ލިބޭނެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 24 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އަދި ކުރިމަތިލާ ފަރާތަކީ މިހާރު އެ ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މަސްވެރިއަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމާއި އައިޑީކާޑު ކޮޕީ އަދި 18 އަހަރު ނުވާ ކުއްޖެއް ނަމަ ބެލެނެވެރިޔާގެ ސިޓީ ހުށަހެޅުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަށް ޒުވާނުންގެ އަދަދު މަދުވުމަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ، އެ ދާއިރާ ކުރިއަރުވައި ޒުވާނުންވެސް އެ ދާއިރާއަށް ޝައުގުވެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ އެކަމި މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން، މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ދަނީ ފަހިކޮށްދެއްވަމުންނެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Fish Travel Maldives

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

Masverin

މީދޫން މަސްވެރިންނަށް ތެޔޮލިބޭނެ އިންތިޒާމު ހަމަޖައްސައިފި

mifco fishing masverin

މެއި މަހުގެ މިހާތަނަށް މަސްވެރިންނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި