ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް ހުޅުވައިފި

Mal
TTH_Ads
STO_Ads
Advertisement

3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި ކުޅުދުއްފުށީ މާވާގޭ ޝަހީދު ޙުސައިން އާދަމްގެ ޤުރުބާނީ އާއި ހިތްވަރުގެ ހަނދާން ދިރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބިނާކުރި ހަނދާނީ ބިނާ ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަނދާނީ ބިނާ ހުޅުވައިދެއްވީ، ކުޅުދުއްފުށި ސީޓީގެ މޭޔަރު މުޙައްމަދު ޢާޠިފާއި ޝަޙީދު ހުސައިން އާދަމްގެ އާއިލާގެ ބޭފުޅުންނެވެ.

ޓެރަރިސްޓުންނާއި، ދިވެހި ސިފައިންނާ ދެމެދު  ނޮވެމްބަރު 1988 ވަނަ އަހަރު ބަދަލުކުރެވެމުންދިޔަ ޙަމަލާތަކުގައި އަދުގެ ބަތަލް ޝަހީދު ޙުސައިން އާދަމް ދެއްކެވި ހިތްވަރަކީ ދިވެހި ފަސްގަނޑުގައި ދިވެހިން އުޅޭހާ ހިނދަކު ހަނދާނުން ފޮހެވޭނެ ކަމެއްނޫނެވެ. ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކުމަށްފަހު އޭނާ އެވީ ޝަހީދެވެ. އޭނާގެ ފުރާނައަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

MMA_Ads
HajjCop_ads
Advertisement

ޝަހީދު ޙުސައިން އާދަމު އެދުވަހު ސިފައިންގޭގެ މައިދޮރާށި ޙިމާޔަތް ނުކޮށްދެއްވިނަމަ ދެންވާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އޭނާގެ އަތުން އެދުވަހު ވަޒަން ހުސްނުވިނަމަތާއެވެ.

ބާޣީން އެދުވަހު ސިފައިންގެއަށް ޙަމަލާދޭން މަސައްކަތް ކޮށްފައިވަނީ ދޮށިމޭނާ ބިލްޑިންގ ތެރެއަށްވަދެ އެތާހުރި ފާރެއް ނިވައި ފަތްގަނޑަކަށް ހަދައިގެންނެވެ.

“އެކަމަކު އެމީހުންގެ ޙަމަލާތައް ފެށުމުން ވަގުތުން ދިވެހި ސިފައިން ވެސް ޙަމަލާ ދޭންފެށީ. ނަތީޖާއަކަށްވީ އެމީހުން ރާވައިގެން އައި ގޮތަށް އެކަން ނުވީ،” އެދުވަހުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު (ޓޫޓޫ) ވިދާޅުވެފައި ވެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh (1)

ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު ޒުވާނަކު މަރުވެއްޖެ

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި