ދިވެހި ރެޑް ކްރެސެންޓް ކުޅުދުއްފުށީ ސިޓީ އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށީ ސިޓީގައި މިއަދު ޢާއިލީ ހަވީރެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
“ހިޔުމެނިޓޭރިއަން ފެސްޓިވަލް” ގެ ނަމުގައި މި ހަވީރު ބޭއްވުމަށް ނިންމާފައި ވަނީ އެ ސިޓީގެ ރަށްމަތިފަންނުގައެވެ.
ހަވީރު ކުރިއަށް ގެންދަން ނިންމާފައި ވަނީ 14 އޯގަސްޓް 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:15 އިން 17:45 އަށެވެ.

ދިވެހި ރެޑް ކްރެސެންޓްގެ 17 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ އިދާރާއިން އިންތިޒާމްކޮއްގެން ބާއްވާ މި ފެސްޓިވަލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އ.ތ.މ ކޮމެޓީ އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށީ ސިޓީ ޕޮލިސް އަދި ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން ގުޅިގެން ބާއްވާ ފެސްޓިވަލެއްކަމަށް ދިވެހި ރެޑްކްރެސެންޓުންވަނީ ބުނެފައެވެ.
ހަވީރަށ ކުޅުދުއްފުށީގެ އެންމެހާ ފަރާތްތަކަށް އަދި ވަކީން ޚާއްޞަކޮށް ލޮބުވެތި ކުޑަކުދިންނަށް ރެޑްކްރެސެންޓުން ވަނީ ދަޢުވަތު ދީފައެވެ.










ކިޔުންތެރިންގެ ހިޔާލު