ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޖެޓްގައި ކުރީގެ ރައީސުންނަށް 19.7 މިލިއަން

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އަންނަ 2026 ވަނަ އަހަރުގެ ބަޖެޓްގައި 19.7 މިލިޔަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓް ހިސާބުތަކަށް ބަލާއިރު، ކުރީގެ ހަތަރު ރައީސުންނަށް 19.7 މިލިޔަން ހިމަނާފައި ވަނީ ބޭސިކް އެލަވަންސް އާއި ލިވިން އެލަވަންސް އާއި ބޭސްފަރުވާ އާއި އޮފީސް ހިންގުމަށެވެ.

މިއީ މި ހިނގާ 2025 ވަނަ އަހަރު ރިވައިޒް ކުރި ބަޖެޓަށްވުރެ ކުޑަ އަދަދެކެވެ.

HajjCop_ads
Advertisement

ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ބަޖެޓު އިތުރުވީ ބައެއް ރައީސުންގެ ބޭސް ފަރުވާއަށް، ބަޖެޓުގައި ހިމެނި 700،000 ރުފިޔާއަށްވުރެ ގިނައިން ހަރަދުކޮށްފައިވާތީއެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (1.1 މިލިއަން ރުފިޔާ) އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (1.6 މިލިއަން ރުފިޔާ) މި އަަހަރު ބަޖެޓް ކުރި މިންވަރަށްވުރެ އިތުރަށް ބޭސް ފަރުވާއަށް ހަރަދުކޮށްފައިވެއެވެ.

އެހެންކަމުން މިއަހަރުގެ ބަޖެޓްގައި 21 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ކުރީގެ ރައީސުންގެ އިނާޔަތް ބަޖެޓްގައި ހިމަނާފައިވާ ގޮތް:

ރައީސް މައުމޫން އަބްދުލްގައްޔޫމަށް 4.3 މިލިއަން
ރައީސް މުހައްމަދު ނަޝީދަށް 4 މިލިއަން
ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް 3.4 މިލިއަން
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 4 މިލިއަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 4 މިލިއަން

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Kommeveriakah sarukaarun beysfaruvaakohdheefai kommeveriakah 100000 rufiyaadhineemaienimunee evemeehakah 4 5miliandheykah nujeheyne eve

ގުޅުންހުރި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން

majilis

ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް

މި އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ދާއިމީ މިސްކިތްތައް ބިނާކޮށް ނިމޭނެ