އައްޑޫ ސިޓީ ކަރަންޓު މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނަކައިން 1.8 މެގަވޮޓުގެ އާ ދެ ޖެނެރޭޓަރު އެ ސިޓީ އަށް ގެންގޮސްފި އެވެ.

ފެނަކައިން ބުނީ މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ގެނެވުނު 1.8 މެގަ ވޮޓުގެ އާ ދެ ޖެނެރޭޓަރު އެސިޓީއަށް ގެންދިއުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ލޯޑު ކޮށްފައިވާ ކަމަށެވެ.

ފެނަކައިން މި ދެ ޖެނެރޭޓަރު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އިޝްތިހާރު އިޝްތިހާރު

ފެނެކައިގެ އަމާޒަކީ މި ދެ ޖެނެރޭޓަރުވެސް އަވަހަށް އައްޑޫ އަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އައްޑޫ އަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމެވެ.

އައްޑޫ ކަރަންޓު މައްސަލައަކީ ވަރަށް ބޮޑަށް އެރަށަށް ދިމާވެފައިވާ ތަކުލީފެކެވެ.