ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް އެންމެ ގިނަ ރަށްރަށަށް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ފެނަކަ އުވާލުމަށްފަހު، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައެވެ.

ފެނަކަ އުވާލަން ނިންމާފައިވާއިރު، އެ ކުންފުނީގެ ގިނަ މައްސަލަތަކެއް އޮޑިޓު ރިޕޯޓުން ވަނީ ފާހަގަވެފައެވެ. ޚާއްޞަކޮށް މިދިޔަ ސަރުކާރުގައި ސިޔާސީ ބޭނުމަށް ދައުލަތަށް ގެއްލުންވާގޮތަށް ގިނަ ޖަރީމާތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ. މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓް ރިިޕޯޓުން ހާމަވާކަމަށާއި، އެހެންކަމުން އެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

ރައީސް ވަނީ ފަންނީ މީހުންނާ ހަވާލާދެއްވައި، ފެނަކަ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫންކަން ހާމަކުރައްވައި، އެކުންފުނި އުވާލަން ނިންމެވިކަން އިޢުލާންކުރައްވާފައެވެ.

މިއާއެކު ފެނަކައިން ދެމުންދިޔަ ހުރިހާ ޚިދުމަތެއް ސްޓެލްކޯގެ ދަށަށް ބަދަލުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަމާ މެދު ސަރުކާރުން ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކުރުމަށްފަހު މިހާރު ނިންމާފައިމިވަނީ ފެނަކަ އުވާލުމަށް ފަހު ސްޓެލްކޯއާ އެއްކޮށްލަން. އެހެންކަމުން މުޅި ރާއްޖޭގައި ހިދުމަތް ދޭނީ ސްޓެލްކޯއިން މި މަރުހަލާތައް ނިމުނީމައި.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީވެސް އުވާލައި، އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ހާމަކުރައްވާފައެވެ.