ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސިނާން އައްޑޫ ސިޓީގެ މޭޔަރު އަލި ނިޒާރާ ހިއްސާކުރައްވައިފިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ސިނާން ހިއްސާކުރެއްވީ އިއްޔެ މޭޔަރާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ސިނާން ވިދާޅުވީ މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ފަތާ ޓްރެކަށް އެންމެ އެކަށީގެންވާ ތަނެއް ހަމަޖެއްސުމާއި، ލިންކު ރޯޑާއި، ކެޑިގެދޮރުމަގާ ގުޅުވައިލުމާ ގުޅޭ ގޮތުން ރައްޔިތުން ފާޅުކޮށްފައިވާ ދަތިތަކާއި ތަހައްމަލް ކުރަމުން އަންނަ ދަތިތައް ހިމެނޭ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އަދި އަލަށް ޤާއިމުކުރެވޭ އޭޓީއެމާއި ބިޒްނަސް ސެންޓަރަށް އެކަށީގެންވާ ޕާކިން ޖާގަ ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުވުނު ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

"މީގެ އިތުރުން ވެސް ރައްޔިތުން ފާޅުކޮށްފައިވާ ކަންކަމާ މެދު މަޝްވަރާކުރެވިފައިވޭ." ސިނާން ވިދާޅުވިއެވެ.