ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫސިޓީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުން ފަށައިފި

addu
STO_Ads
TTH_Ads

އައްޑޫސިޓީ، ފޭދޫ. ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން “މުޅިރާއްޖެ” އަށް މައުލޫމާތު ދެއްވިގޮތުގައި އައްޑޫސިޓީ ފޭދޫ، ހުޅުދޫއާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ވޯޓުލުން ވަނީ ފެށިފައެވެ.

މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މިވޯޓުގައި ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށަހަޅުއްވާފައިވާ ސުވާލާ ގުޅިގެން އެ މީހަކަށް ފެންނަ ގޮތެއް ހާމަ ކުރުމަށެވެ. އެގޮތުން، އައްޑޫގެ ފޭދޫ އާއި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އޮތުމާ ގުޅޭގޮތުން ސުވާލު ހުށަހަޅުއްވާފައެވެ.

HajjCop_ads

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާއިރު ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ، ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓު ފޮއްޓަށް 2835 މީހަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި ހުޅުދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1242 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1618 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މީގެ އިތުރުން މާލޭގައި ބަހައްޓާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފޮށިތަކަށް 3881 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

އެ ކޮމިޝަނުން ވިދާޅުވީ ހަވީރު 4:00އަށްފަހު ވޯޓުލުމަށް ކިޔު ބަންދު ކުރެވޭނެ ކަމަށެވެ. އަދި ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނައި، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އައްޑޫ ފޭދޫ އާއި ހުޅުދޫ އަދި މީދޫގައި ކުރިއަށްދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG 0709 1536x920

އުމްރާވެރިން ފުރަތަމަ ފަހަރަށް އައްޑޫއިން ސީދާ ޖިއްދާއަށް

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

އައްޑޫގެ ޚިދުމަތްތެރިޔާ އަޙްމަދު ޞާލިޙް އަލިދީދީ އަވަހާރަވެއްޖެ

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި