ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި

Yameen
TTH_Ads
STO_Ads
Advertisement

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި ނައިބު ރައީސުންނަށް، ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލު އަހުމަދާއި ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ކުރިމަތިލައްވައިފިއެވެ.

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޖަމީލު އަހުމަދު “މުޅިރާއްޖެ”އަށް ރޭ ވިދާޅުވީ އެ ޕާޓީގެ މަގާމުތަކަށް ކުރިމަލުމުގެ ފުރުސަތު މިއަދު ހަވީރު 6:00 އަށް ހަމަވި އިރު، 20 މަގާމަށް ޖުމުލަ 55 ބޭފުޅަކު ކުރިތިލެއްވި ކަމަށެވެ.

ޕީއެންއެފްގެ ރައީސްގެ މަގާމަށް ރައީސް ޔާމީން އެކަނި ކުރިމަތިލެއްވި އިރު، ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކުރާ ދެ މަގާމަށް ވެސް ކުރިމަތިލެއްވީ ހަމައެކަނި ޖަމީލާއި ޕާޓީގެ ވަގުތީ ރައީސް ޒެއިން އެކަނި ކަމަށް މަލީހު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މަލީހު އެކަންޏެވެ. މަގާމުތަކަށް ދެން ކުރިމަތިލެއްވީ ރަޖިސްޓްރާގެ މަގާމަށް ދެ ބޭފުޅަކު، ހަޒާންދާރުކަމަށް އެއް ބޭފުޅަކު އަދި ސެނެޓަށް 48 ބޭފުޅުންނެވެ.

އެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ޕީއެންއެފްގެ ގައުމީ ޖަލްސާގައެވެ. މިރޭ ވަނީ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުމަށް ގުރު ނަގައިފައެވެ.

ޕީއެންއެފްގެ ގައުމީ ޖަލްސާގައި އިންތިހާބުކުރާ މަގާމުތައް، އަދަދުތަކާއެކު:

  • ރައީސް (1)
  • ނައިބު ރައީސް (2)
  • ސެކްރެޓަރީ ޖެނެރަލް (1)
  • ރަޖިސްޓްރާ (1)
  • ހަޒާންދާރު (1)
  • ސެނެޓް މެންބަރު (14)

ޕީއެންއެފް އުފެއްދުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. އީސީން އެ ޕާޓީ ރަޖިސްޓަރީކޮށްދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅެވެ. ޕީއެންއެފްގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ރައީސް ޔާމީންގެ ދަރިކަލުން އަދި އެ ޕާޓީގެ މުއައްސިސް ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ބޭއްވި ޖަލްސާގައި ޕީއެންއެފްގެ ރައީސްގެ މަގާމަށް ޒެއިން، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކުރިއެވެ.

އޭގެ އިތުރުން އެ ޖަލްސާގައި ޕީއެންއެފް ވަގުތީގޮތުން ހިންގާ ކޮމިޓީއަށް ޔާމީން ވަނީ އިންތިހާބުކޮށްފައެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން ޒެއިން އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މަލީހުގެ އިތުރުން 17 މީހަކު ހިމެނިވަޑައިގަންނަވައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Yameen PNF

ޕީއެންއެފްގެ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލު ތަކުރާރުވާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Zariyandhu

ޒަރިޔަންދު ޕީއެންއެފް އަށް ސޮއިކުރައްވައިފި

IBRAHIM SHALEEZ

ކ. ގުރައިިދޫ ކައުންސިލްގެ ގޮނޑިވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

Yamin

ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގެ އަޑުއެހުން އާދީއްތަ ދުވަހު