ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް އިސްރާއީލަށް އިންޒާރުކުރުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads

ހުޅަނގު އައްސޭރީގެ ބިމަށް އިސްރާއީލު ވެރިވެގެންފިނަމަ، އެމެރިކާއިން އިސްރާއީލަށް ދެމުން އަންނަ ހުރިހާ ތާއީދެއް ގެއްލޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކުރުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފިއެވެ.

ޓްރަމްޕްގެ އިންޒާރަށް މަރްހަބާ ވިދާޅުވެ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވަނީ، މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުމަށް އަދިވެސް އިތުރު ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ޕާލަމެންޓް، ކްނެސެޓުން ފާސްކުރި ދެބިލުގައި، ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވެރިވެގަތުމުގެ އިތުރުން، ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދަމުންދާ އިތުރު ބިންތަކަކީ އިސްރާއީލުގެ ތަރިކަ ބިންތަކުގެ ގޮތުގައި ހެދުމަށް ހުށަހަޅާފައި ވެއެވެ.

HajjCop_ads

ޓައިމްސް މަޖައްލާއަށް ދިން އިންޓަރވިއުއެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރިޔަސް، ހުޅަނގު އައްސޭރި އިސްރާއީލުގެ ތަނަކަށް ނުހެދޭނޭ ކަމަށެވެ.

އެކަން އެގޮތަށް ނުވާނޭ ކަމުގެ ޔަގީންކަން އޭނާ އަރަބި ގައުމުތަކުގެ ވެރިންނަށް ދީފައިވާނޭ ކަމަށާއި، އެހެންކަމުން އެއީ ވާނޭކަމެއް ނޫންކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އަދި އެއާ ޚިލާފަށް އިސްރާއީލުން ކަންތައް ކޮށްފިނަމަ އެމެރިކާއިން އިސްރާއީލަށް ދެމުން އަންނަ ހުރިހާ ތާއީދެއް ގެއްލޭނޭކަމުގެ އިންޒާރުވެސް ޓްރަމްޕް ދީފައިވެއެވެ.

ޕާލަމެންޓްގެ ނިންމުމާ ގުޅިގެން ޕްރެޝަރ އަންނަން ފެށުމުން މުޖުރިމު ނަތަންޔާހޫވަނީ، ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމަށް މިވަގުތަކީ ރަނގަޅު ވަގުތެއް ނޫން ކަމަށް ބުނެފައެވެ.

އަދި ޕާލަމެންޓުގެ ނިންމުމަކީ، އޭނާއާއި އޭނާގެ ލިކޫދް ޕާޓީގެ ކަމެއް ނޫން ކަމަށާއި، މިއީ އިދިކޮޅު ފަރާތްތަކުން ރާވައިގެން އޭނާގެ މަސައްކަތަށް ހުރަސްއަޅަން ފާސްކުރި ކުރުމެއް ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.

ނަތަންޔާހޫ މިހެން ބުނި ނަމަވެސް، އިސްރާއީލުގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ދުރު ކަނާތުފިޔައިގެ ހުރިހާ ޕާޓީތަކުންވެސް ނަތަންޔާހޫއާއެކު ކޯލިޝަން ހެދީ، ހުޅަނގު އައްސޭރިއަށް ވެރިގަތުމަށް ވައުދުވެގެންނެވެ. ނަތަންޔާހޫގެ ކެބިނެޓް އެތައް މެމްބަރުންވެސް އެކަން ކުރުމަށް ގަދައަޅަމުން ގެންދެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ އިސްރާއީލުން ގެންދަނީ މުޅި ހުޅަނގު އައްސޭރީގައި އަސްކަރީ އުދުވާނުތައް ހިންގަމުންނެވެ.

އެގޮތުން، މިވީ މުއްދަތުގެ ތެރޭގައި އެތައް ކުދީން ހިމެނޭގޮތުން ހާހަކަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، އެތައްހާސް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

އަދި ހުޅަނގު އައްސޭރީގެ އެތައް ރަށެއް ރެއިޑްކޮށް، ލައްކައަކާ ގާތްކުރާ އަދަދަކަށް އާންމުން ގަދަކަމުން އެމީހުންގެ ގެދޮރުން ބޭރުކޮށްލާފައި ވެއެވެ.

މިހާރުވެސް ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބެއްގައި އުދުވާނުތައް ގެންދަނީ ހިންގަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ