ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ވޯޓު: 3 ރަށުގައި ވޯޓަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފަށައިފި

addu
TTH_Ads
STO_Ads
Maldivian_Ads
Advertisement

އައްޑޫގެ 3 ރަށެއް ސިޓީ ކައުންސިލުން ވަކިވުމަށް އެރަށުގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފަންނަ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އައްޑޫގެ 3 އަވަށް މީދޫ، ހުޅުދޫ އަދި ފޭދޫ، އައްޑޫސިޓީ ކައުންސިލުން ވަކިކޮށް، އިދާރީ ގޮތުން ވަކި 3 ރަށެއްގެ ގޮތުގައި ހިންގުމާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް، ނަގާ ފެންނަ ނުފެންނަ ވޯޓު އޮންނާނި އަންނަ ހޮނިހިރު ދުވަހުއެވެ. މި 3 ރަށުގެ އިތުރަށް މާލޭގައި ވޯޓު ނެގުމުގެ އިންތިޒާމުތައް ފުރިހަމަކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކީ އެ ކޮމިޝަނުން ބާއްވާ އެހެން އިންތިޚާބުތަކާއި ތަފާތުތަކެއް ހުރި ވޯޓެއް ކަމުން މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިވޯޓަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އެސްސިސްޓެންޓް ޑިރެކްޓަރ ވިޝާހް ސައީދު ވިދާޅުވީ މީސްމީޑިއާގެ ޒަރިއްޔާއިން އާންމުން ހޭލުންތެރިކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮމިޝަނުން ވޯޓު ނަގާ 3 ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެންވެސް ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

” މާލޭގައި ދިރިއުޅޭ އައްޑޫގެ ހުޅުދޫ ފޭދޫ އަދި މީދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފިން. މި ހަފްތާގެ ބުރާސްފަތި ދުވަހު ރޭގަނޑު މި 3 ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެއް ފަހަރާ 3 ރަށުގައި ވޯޓާއި ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ސެޝަނެއް ކުރިއަށް ގެންދާނެ. އަދި ވޯޓާއި ގުޅިގެން ހޭލުންތެރިކުރުވުމަށް އީސީގެ އެކި ފަންތީގެ މުވައްޒަފުން އައްޑޫއަށް ދަތުރުކުރައްވާނެ.” އިލެކްޝަންސް ކޮމިޝަންގެ އެސްސިސްޓެންޓް ޑިރެކްޓަރ ވިޝާހް ސައީދު ވިދާޅުވިއެވެ.

އިލެކްޝަނުން ވަނީ ވޯޓުލުމުގެ ކުރިން، ވޯޓާއި ގުޅޭ ފުރިހަމަ މައުލޫމާތުތައް ހޯދުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ވޯޓުލުމަށް އެމީހަކު ރަޖިސްޓްރީ ވެފައިވާ ރަށް ދުރާލާ ބެލުމަށާއި، ވޯޓުލާން ޖެހެނީ ކޮން މަރުކަޒެއްކަން ޔަޤީންކުރުމަށްވެސް އެކޮމިޝަނުން އިލްތިމާސްކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތައް ބަލާއިރު މިތިން ރަށުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ޖުމްލަ 9576 މީހުން ހިމެނެއެވެ. އަދި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން 255 މީހުން ރީ-ރަޖިސްޓްރީކޮށްފައިވެއެވެ.

ވޯޓު ފޮށި ބަހައްޓަނީ ވޯޓުގައި ހިމެނޭ 3 ރަށުގެ އިތުރުން، މާލޭގައި އެކަންޏެވެ. މަޖިލިސް އިންތިޚާބުގައި މާލެ ސަރަޙައްދު ފިޔަވާ އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ތިބި މީހުން، ރީ-ރަޖިސްޓްރީ ނުކުރާނަމަ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ރަޖިސްޓްރީ ބަދަލުވެފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Original

ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި