ކުއްލި ޚަބަރު

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ސައުދީ ބައްލަވާލައްވައިފި

ބިދޭސީން ހިންގި ފަސް ވިޔަފާރިއެއް ބަންދުކޮށްފި

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

އުރީދޫ ފަން ރަން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަން 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައިވާކަން އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ “އެންމެ އުފާވެރި ދުވުން”، އުރީދޫ ފަން ރަން އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފަން ރަންގައި ބައިވެރިވުމަށް އަންނަ މަހުގެ 14 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ޖާގަ ފުރުމުގެ ކުރިން ކުރީބައިގައި މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވާން ހުރިހާ ފަރާތްތަކަށް އުރީދޫން ދައުވަތުދެއެވެ.

ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިހުތިޔާރު ކުރެވޭނެ:

ސްޓޭންޑާޑް ކިޓްސް، 110 ރުފިޔާއަށް: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ.
ފަން ކިޓްސް، 210 ރުފިޔާއަށް: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ.
އުރީދޫން ބުނީ މިމަހުގެ 31 ގެ ނިޔަލަށް އިތުރު އަގަކާ ނުލައި ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރެވޭނެ ކަމަށެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ މަޖާ އެ ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އުރީދޫން ބުނީ ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އެއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް އެ ދުވުން ނިންމޭނެއެވެ.

އުރީދޫ ފަން ރަން 2025 ގައި ރަޖިސްޓަރީވުމަށް: https://ore.do/funrun-2025

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުރީދޫން ދޭ އުމްރާ ދަތުރުއައިޝަތު މުހައްމަދު ދީދީ އަށް

ooreedo

އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ކޮންމެ ރަށެއްގެ ވިޔަފާރިއެއް ވެސް ދުނިޔެއަށް ހުޅުވާލެވޭނެ: އުރީދޫ

ooreedo

އުރީދޫ ސާފު ފައިދާ 180 މިލިއަން ރުފިޔާއަށް، މިއީ 8 އިންސައްތައިގެ ކުރިއެރުމެއް

TTH_advertisement