ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިހާބު މާޗް 28 ގައި ބާއްވަން ނިންމައިފި

990
TTH_Ads
STO_Ads
Advertisement

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އަންނަ މާޗު މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިޝަނުން ތާވަލުކޮށްފައިވަނީ 28 މާރިޗު 2026 ގައި ކައުންސިލް އިންތިހާބު ބާއްވަން ކަމަށެވެ. އަދި ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުކަމަށް ވިދާޅުވި އެވެ.

މިފަހަރުގެ އިންތިޚާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިޚާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށް ޒާހިދު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިފަހަރު ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

“ޓްރެއިނަރުންގެ ގޮތުގައިވެސް 110 ވަރަކަށް މީހުން އެބަ ބޭނުންވޭ. އެމީހުންނަށްވެސް އެބަޖެހޭ އިންޓަރނަލް ތަމްރީންތަކެއް ދޭން. އެހެންވީމަ މިގޮތަށް ހުޅުވާލީމަ މިހާރު އެބަތިބި 115 ވަރަކަށް މީހުން ހުށަހަޅާފައި. މިހާރު މިގެންދަނީ އެމީހުން ޓްރެއިނަރުން ގޮތުގައި ރެކްރޫޓްކުރުމުގެ މަރުހަލާ. އެއިން ކޮންމެ މީހަކާ އިންޓަރވިއުކޮށް، އެ އިންޓަރވިއު ޕްރޮސެސްގެ ތެރެއިން އޭނާ ފާސްވޭތޯ ބަލައި މިހުރިހާކަމެއް އެބަދޭ. އެއާއެއްކޮށް ކޮންމެ ރަށަކުން ނަގަންޖެހޭ ފޯކަލް ޕޮއިންޓުން ނެގުންވެސް އެބަދޭ ކުރިއަށް. ކޮންމެ ރަށެއްގައި ރަށު ފެންވަރުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ނަގާ ބައެއް އެއީ.” އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދާނީ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކުރުންކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ބުދަ ދުވަހު

43

ރަކީދު އާއި ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން 20 ވަނަ ދުވަހު

43

އިލެކްޝަންސް ކޮމިޝަނުން ޒާހިދު އިސްތިއުފާދެއްވައިފި

Igmh

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި