ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

36 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

Mal
TTH_Ads
STO_Ads
Advertisement

ފުލުހުންގެ ޚިދުމަތް އަތޮޅުތެރޭގައި ޤާއިމުކުރުމަށް ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ޚިދުމަތުން ދޭ މަޢުލޫމާތާއި އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ރަޖިސްޓްރީވުމަށް އެދޭފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލް ފޮނުވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެ ކަމަށާއި، ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 12:00 ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

ރަޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި، ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ވެއެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަމާން މުޖުތަމަޢުއެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މީގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whats App Image 2026 06 02 at 18 00 54 dd9a6451de

ފެރިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި

Igmh

ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރާއި ކަސްޓަމްސްގެ ކޮމިޝަނަރު މަޝްވަރާކުރައްވައިފި

Oo

އޭސީޕީ ހުސައިން ރަޝީދުގެ މައްސަލައެއް ބަލާފައެއްނުވޭ: ފުލުހުން

Mussss

އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާއެއް ނުކުރޭ، ފުލުހުން ހަގީގަތް ހާމަކޮށްފި