ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

112
STO_Ads
Maldivian_Ads
TTH_Ads
Advertisement

އދ. ދިގުރަށު ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ދިގުރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ޖަލްސާގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން ދިގުރަށު ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވަނީ ތިން ބުރީގެ އިމާރާތެކެވެ. އެއީ އެންނެ ޒަމާނީ ފެންވަރަށް ގާއިމް ކުރެވޭ އިމާރާތެކެވެ.

”މި އިމާރާތް އެޅުމުގެ މައިގަނޑު މަގުސަދަކީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުން. މި މަޝްރޫއުގެ ސަބަބުން އިންފްރާސްޓްރަކްޗަރގެ ގޮތުން ވެސް ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިގުރަށުގައި އިތުރު ތަރައްގީގެ މަޝްރޫއުތަކެއް ވެސް ވަނީ ފައްޓަވާފައެވެ. މީގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ހިމެނެއެވެ.

އަދި މީގެ އިތުރުން، އެރަށުގެ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތްވެސް ރައީސް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ކޮޅުފުށި ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރްޑީސީއާ ހަވާލުކޮށްފި

Saeed

ރައީސްގެ ވައުދާއެއްގޮތަށް ވޭމަންޑޫގެ މަސައްކަތް ބާރަށް ކުރިއަށް

Saeed

ގއ. ނިލަންދޫ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

01

ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތުކުރަން އާރްޑީސީއާ ހަވާލުކޮށްފި