ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްއިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި

STO_Ads

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް 2025 ގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން ވެމްކޯ އާއި ދެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބީއެމްއެލްގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) އެވެ. މި ފަހަރުގެ މުބާރާތަށް ބީއެމްއެލްގެ ޓީމަށް ގިނަ ބަދަލުތަކެއް އައިސްފައިވާއިރު، ޓީމު ބިނާވެފައިވަނީ ހުނަރުވެރި އަރަމުން އަންނަ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށެވެ.

Maldivian_Ads

ގްރޫޕް އެފްގެ މި މެޗުގައި ކުލަބު ވެމްކޯގެ ތަޖްރިބާހުރި ގިނަ ކުޅުންތެރިންތައް ފެނިގެންދިޔައިރު ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ އަބްދުﷲ ޖުނައިދު މެޗުގައި ބައިވެރިވެފައެއް ނުވެއެވެ. އެއީ ފުރަތަމަ ޑިވިޝަންގައި ބުރު ސްޕޯޓްސް ކުލަބުގެ މެޗު އެއްވަގުތެއްގައި އޮތުމުން އެ މެޗަށް އިސްކަންދިނުމުގެ ގޮތުންނެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި މިރޭ ގްރޫޕް އީގައި ދިރާގާ ދެކޮޅަށް ކުޅުނު މެޗު އެމްޕީއެލްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިއާ ސަމަން ދަޝަންއެވެ.

ގްރޫޕް އީގައި މިރޭ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނައަށް ޖެހިލާފައިވަނީ ޕޮލިސް ކުލަބެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކް) އާ ބައްދަލުކުރި މި މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ކުލަބުގެ ހުސެއިން އަފްޚާނެވެ.

ގްރޫޕް އެފްގައި މިރޭ ކުޅުނު ދެވަނަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ކުލަބު ޓީޓީއެސް ވަނީ މި ގްރޫޕުގެ ކުރިއަށް އަރާފައެވެ. ގޭސް ރެކްރިއޭޝަން ކުލަބާ ބައްދަލުކުރި މެޗު ޓޯޓަލް ޓްރާންސްޕޯޓް ސޮލިޔުޝަންސް (ޓީޓީއެސް) އިން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.

ބިދޭސީ ދެ ކުޅުންތެރިންނާއި ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީޓީއެސް ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެ ޓީމުގެ ބިދޭސީ ފޯވާޑް މުޙައްމަދު ރިޒާ ރަޙްމާނިއާއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 12

ލަންކާގައި ނުގެނެވިހުރި 2,500 ކޮންޓެއިނަރު ރާއްޖެ ގެނެސްފި

MPL Rishvan

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ރިޝްވާން އިސްތިއުފާދެއްވައިފި

ތިލަފުށީގައި ތަރައްގީކުރާ އައު ވިޔަފާރި ބަނދަރުގެ “ޖިއޯ ޓެކްނިކަލް” ސަރވޭ ފަށައިފި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި