ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

TTH_Ads
STO_Ads
Advertisement

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއް ގައި މިއަދު ވަނީ ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ މި އެމްއޯޔޫގެ ދަށުން ގޮނޑުދޮށް ސާފުކުރުމާއި، “މަންސާ” ގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތިންވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މި ހަރަކާތަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނަސަބާތުގައި ފަށާ ޕްރޮގްރާމެކެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުމެވެ.

މި ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެ އެވެ. މި އާއިއެކު، އެ ދުވަހުގެ ރޭގަނޑުގައި “މަންސަ” ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ރާވާފައިވެ އެވެ.

މި ހަރަކާތްތަކަކީ ދުނިޔޭގެ އަދި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާތާއި ގުޅިވައިގެން ހިންގާ ހަރަކާތްތަކެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރެވެ. އަދި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ގައިއެވެ. މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ “ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު” މި އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

wamco

މިއަހަރު އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފަށަނީ

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

Screenshot 2026 07 25

ސައްބީސް ކާނިވަލް އެޗްޑީސީން ފަށައިފި

hdc office

މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ހުޅުމާލޭގައި ކާނިވަލެއް ބާއްވަނީ