ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފޭދޫ ކައުންސިލްގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

Mal
މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
STO_Ads

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި, ށ. ފޭދޫ ކައުންސިލްގެ ކުރީގެ ރައީސާއި އޭނާގެ އަނބިމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ފޭދޫގެ ގެއެއް ބަލައިފާސްކުރި ކަމަށެވެ.

އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅާއެކު، ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

Maldivian_Ads

އެ ދެމީހުންނަކީ ށ. ފޭދޫ، ސައިމާގޭ، މުހައްމަދު މުސްތަފާ އާއި އެރަށު ލައިޓް ހައުސް ފާތިމަތު ނާއިލާއެވެ. ފޭދޫ ކައުންސިލްގެ ރައީސް ކަމަށް މުސްތަފާ އިންތިހާބުވީ 2017 ވަނަ އަހަރުއެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުސްތަފާ 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އޭނާގެ އަންހެނުން ބަންދުކުރީ ހަތް ދުވަހަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި

police

ކަސްޓޯޑިއަލްގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓް-މޯޓަމް ހަދަނީ

988

މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަރުވާދިނުމުގެ ތެރޭގައި ފަތުރުވެރިއެއްގެ ފައި ފުރިކޮށްލައިފި

Large 161337206156merw

މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ