ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާތަނަށް 178،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

immigration
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު ނެގުމަށް ފެށި އޮޕަރޭޝަނުގައި މިހާތަނަށް 178،000 އަށްވުރެ ގިނަ މީހުްނގެ މައުލޫމާތު ނަގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ.ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބިދޭސީންގެ މައުލޫމާތު ނެގުމަށް ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް 178,982 މީހެއްގެ މައުލޫމާތު ނެގުނުއިރު، މީގެ ތެރެއިން ޤަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު މީހުންގެ ތެރެއިން 8609 ޤައުމަށް ފޮނުވާލާފައިވާކަމަށެވެ. ރައީސް ވިދާޅުވީ އަދަދުތަކަށް ބަލާއިރު މިއީ ވަރަށް ބައިވަރު މީހުން ކަމަށާއި، އެހެންކަމުން ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީން އުޅެމުންދާނޭކަމަށް ލަފާކުރެވޭކަމަށެވެ.

ރައީސް ވިދާޅުވީ މީގެކުރިން ނުގަވައިދުން އުޅޭ މީހުން ހޯދައި އެފަދަ މީހުން ފޮނުވާލުމުގެ ކަންކަން ކުރިކަމަށް ބުނަނީ ނަމެއްގައި ކަމަށާއި، މީގެ ކުރިން ނުގަވައިދުން އުލެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފެށި އޮޕަރޭޝަނުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނުގަވައިދުން އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ހޯދައި ޑީޕޯޓްކުރެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ ނުގަވައިދުން އުޅޭ ބިދޭސީންގެ ސަބަބުން ދިވެހިންނަށް ލިބެންހުރި އެތައް ފުރުސަތުތަކެއް ގެއްލެމުންދާކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން މިކަމަށް މަސައްކަތް ކުރަންޖެހިފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިރޭ ނިލަންދޫގައި ވާހަކަދައްކަވަމުން ރައީސް ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މާދަމާ ޤައުމީ ފެންވަރުގައި މުޅި ރާއްޖޭގައި އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. މި އޮޕަރޭޝަން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

5 Suspects 6f43f333ac

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސްއަކުން 9 ބިދޭސީއަކު ހައްޔަރުކޮށްފި

bidaysee workers

ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

bidaysee workers

ބިދޭސީންނަށް އެއް ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ހަދަނީ