ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުން ބޭނުންވާނަމަ ފުލިދޫގެ ބިން ހިއްކައިދޭނަން: ރައީސް

B 202509190621041758288064.5991
STO_Ads
TTH_Ads

ވ. އަތޮޅު ފުލިދޫ ރައްޔިތުން ބޭނުންވާނަމަ އެރަށުން 12 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ވ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފުލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ފުލިދޫގެ އާބާދީއަކީ ގާތްގަނޑަކަށް 500 މީހުން ކަމަށާއި އެ ރަށުން ގޯތި ދޫނުކުރާތާ މިހާރު 15 އަހަރުވެފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ރައްޔިތުން ހައްލު ހޯދަން ބޭނުންވާނަމަ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“ބަނދަރާ ގުޅިގެން ދާ ގޮތަށް ރަށަށް 12 ހެކްޓަރުގެ ބިން ހިއްކާނީ. އެކަމަކު ރައްޔިތުންގެ ޔަގީންކަން ބޭނުންވާނެ. ރައްޔިތުން އެކަމަށް ބޭނުންވާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުން މިކަމަށް ބޭނުންވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަން އެދެން،” ރައީސް ވިދާޅުވިއެވެ.

HajjCop_ads

“މިސާލަކަށް މިރަށުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ ހެއްކެއްގެ ގޮތަށް އެ އޮންނާނެ.”

އެ މަނިކުފާނު އެގޮތަށް ވިދާޅުވީ ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ތަރައްގީވެފައިވާ ރަށަކަށްވާތީއެވެ

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް