ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަރަބި – އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ސަމިޓު އޮންނާނީ ދޯހާގައި ހޯމަދުވަހު: ގަތަރު

އަރަބި – އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުރިން ބޭއްވި ސަމިޓެއް:
STO_Ads
TTH_Ads
Advertisement

އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓު އޮންނާނީ ދޯހާގައި ހޯމަދުވަހު  ކަމަށް، ގަތަރުން އިއުލާން ކޮށްފިއެވެ.

މިއީ، އިސްރާއީލުގެ ގަތަރުގެ ވެރިރަށް ދޯހާއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ބާއްވާ ކުއްލި ސަމިޓެކެވެ.

މި ސަމިޓުގައި، އިސްރާއީލުން ދޯހާއަށް ދިން ހަމަލާއާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުން ގުޅިފައިވާ ބަޔާނެއް ފާސްކުރާނެއެވެ.

HajjCop_ads
Advertisement

އަދި އިސްރާއީލާ ދެކޮޅަށް އަޅާނޭ ފިޔަވަޅުތަކެއްވެސް ކަނޑައަޅާނެ ކަމަށް ވެއެވެ.

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ ކުރިން ވިދާޅުވެފައިވަނީ، އިސްރާއީލުން ދޯހާއަށް ދިން ހަމަލާގެ ރައްދު އަންނާނީ މުޅި ސަރަހައްދުން ކަމަށެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުންވެސް ބުނަމުންގެންދަނީ، އަރަބި އިސްލާމީ ގައުމުތަކުން އިސްރާއީލާ ދެކޮޅަށް އާރުލާ ފިޔަވަޅުތަކެއް މިފަހަރު އަޅާނެއެވެ.

އިސްރާއީލުގެ ކިބައިން ބަދަލުހިފަން ދުނިޔޭގެ އެތައް ބަޔަކު ގަތަރަށް ގޮވާލަމުން ގެންދާއިރު، އިއްޔެގެ ހުކުރު ނަމާދަށްފަހު ގަތަރުގެ މަގުތަކަށް އެތައް މިލިއަން މީހުން ނުކުމެ، އިސްރާއީލުގެ ހަމަލާ ކުށްވެރިކޮށް އަދި ބަދަލުހިފަން ސަރުކާރަށް ގޮވާލިއެވެ.

މެދުއިރުމަތީގައި އޮންނަ އެމެރިކާ ސިފައިންގެ އެންމެބޮޑު އަސްކަރީ ބޭސް ގާއިމްކޮށްފައިވަނީ ގަތަރުގައި އަލް އުބެއިދުގައި ނަމަވެސް، އިސްރާއީލުން ދޯހާއަށް ބެލިސްޓިކް މިސައިލް ހަމަލާދިން ވަގުތާ ދިމާކޮށް އެމެރިކާ ސިފައިން ތިބީ އަސްކަރީ ބޭހުގެ “މަތި ބަންދުކޮށްގެން” ދެނަހުރި ކަމަށް ނުހަދައެވެ.

އެ ބޭހުގައި ގާއިމްކޮށްފައިވާ މިސައިލުން ދިފާއުވާ އައްޑަނަވެސް ނިއްވާލައިގެންނެވެ.

އެހެންކަމުން، އެމެރިކާގެ އަސްކަރީ ބޭހެއް ގާއިމްކޮށްފައި އޮތުމަކުން އަދި އެމެރިކާއިން ސަލާމަތީ ގެރެންޓީ ދީފައި އޮތުމަކުން، އިސްރާއީލުގެ ފަރާތުން އަންނަ ނުރައްކަލެއް ނުހުއްޓުވޭނޭކަން އަރަބީންނަށް މިހާރު ކަށަވަރުވެފައިވާ ކަމަށް، ރިޕޯޓްތައް ބުނެއެވެ.

އެހެންވެ، އަރަބި ގައުމުތަކުގެ މިހާރުގެ ވިސްނުން ހުރީ، އެމެރިކާ ނޫންގޮތެއް ހޯދުމަށް ކަމަށް ވެއެވެ.

މި ހުރިހާ ކަމެއްގެ ކަންބޮޑުވުން ހުރުމާއެކުވެސް، ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ މިހާރުވެސް ވަޑައިގެން އުޅުއްވަނީ އެމެރިކާގައެވެ.

އެމެރިކާގެ ރައީސާއި، ނައިބް ރައީސާއި، ޚާރިޖީ ވަޒީރާވެސް އޭނާ ވަނީ ބައްދަލު ކުރައްވާފައެވެ.

Avid_ads
MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Iibbe
adhives AmerikA dhuallai rashiyAa chains India paakisthaanu Arabiqaumuthakun balaigannaakah nuveytha

ގުޅުންހުރި

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި

ހޮރްމޫޒުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތުގައި ބައިވެރިނުވާނަން: ފްރާންސްގެ ރައީސް

ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ އޮޕަރޭޝަނެއް މިއަދު ފަށަން އެމެރިކާ ސިފައިން ތައްޔާރުވެއްޖެ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި