ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުނާގެ ދައުރު ހަމަވާތީ، އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Mal
TTH_Ads
STO_Ads
Advertisement

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މުނާ އެ މަގާމަށް އައްޔަން ކުރީ ނޮވެމްބަރު 30، 2020 ގައެވެ.

މިއަދު ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުންނެވެ.

HajjCop_ads
Advertisement

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 22 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އެޗްއާރުސީއެމުން ދެ ބޭފުޅެއްގެ ދައުރު ހަމަވުމުން އިއްޔެ ވަނީ އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކޮށްފައެވެ. އެގޮތުން އެ ދެ ބޭފުޅުންނަކީ މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދު އާއި ސ. ހުޅުދޫ، ސީބްރީޒް އަހްމަދު މަގުސޫމްއެވެ. މި ދެ ބޭފުޅުންގެ އިތުރުން ދެން ހިއުމަން ރައިޓްސް ކޮމިޝަންގައި ތިއްބަވަނީ އިސްމާއީލް ހަބީބު، ސަމާއު އަހުމަދު ނަޖީބު އަދި ކޮމިޝަނުގެ ރައީސް މުނާއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mira

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

raees Office

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

raees Office

ނޫސްވެރިންގެ ބައްދަލުވުންތަކުން “އަދަދު” ނޫސް ސަސްޕެންޑްކޮށްފި

H6txovzbmjojwefnjhdb

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި