ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ ދެވަނަ މަސައްކަތު ބައްދަލުވުން ބާއްވައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވާ “އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027” ގެ 2 ވަނަ މަސައްކަތު ބައްދަލުވުން، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބާއްވައިފިއެވެ.

މި ސެޝަން ހާއްސަކޮށްފައިވަނީ ޓީމު ބިނާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ މައްޗަށެވެ.

“ޓީމް ބިލްޑިންގ އެންޑް ގްރޫޕް ޑައިނަމިކްސް” ގެ ނަމުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އަލްފާޟިލް ޠޯހާ ސަލީމެވެ. މި ސެޝަނުގައި، މުވައްޒަފުންގެ މެދުގައި ހަރުދަނާ ގޮތުގައި މުއާމަލާތު ކުރުމާއި އިތުބާރު އުފެއްދުމާއި މަސައްކަތުގެ މާހައުލުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ޓީމުތަކުގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި، މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި، މަސައްކަތުގެ ރޫހާއި ހިތްވަރު އާލާކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމާ ގުޅޭގޮތުންވެސް، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

“އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް” އަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ދެ އަހަރު ދުވަހުގެ މުއްދަތަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއާޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީސް ޕާފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެކްޝަނުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ރައީސްގެ މާލީ ބަޔާން ހިއްސާނުކުރާ ޚަބަރު ދޮގުކޮށްފި

presidents office

“ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

988

މިނިސްޓަރު ފެންވަރުގައި ޠަލާލް އާއި ހަބީބު ރައީސް އޮފީހުގެ މަގާމްތަކަށް އައްޔަންކުރައްވައިފި

raees Office

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހޯމައިގައި ހަމަވާނެ