ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިފްކޯއިން ފުވައްމުލައް ސިޓީ ބަނދަރުން މަސްގަންނަން ފަށައިފި

TTH_Ads
STO_Ads

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއިން ފުވައްމުލައް ސިޓީ ބަނދަރުން މަސްގަންނަން ފަށައިފިއެވެ.

މިފްކޯގެ ސީއީއޯ ފުވައްމުލައް ސިޓީއަށް ކުރެއްވިދަތުރުފުޅުގައި މި އޮގަސްޓް މަސް ނިމުމުގެ ކުރިން މިފްކޯއިން އެސިޓީގެ ބަނދަރުން މަސްގަންނާނެކަމަށް ވަނީ ވިދާޅުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީ ބަނދަރުން މަސްގަތުމަށްޓަކައި މިފްކޯގެ “ރަނދި 19” ބޯޓު އެސިޓީގެ ބަނދަރަށް ގެންގޮސް މަސްގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިފްކޯގެ “ރަނދި 19” ބޯޓަކީ 36 މެޓްރިކްޓަނުގެ މަސްކިރުވައި ރައްކާކުރެވޭ ޖާގައިގެ ބޯޓެެކެވެ.

ފުވައްމުލައް ހިމެނޭ ސަރަހައްދަކީ ކަންނެލީގެ މަސްވެރިކަން ރަނގަޅުކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވުމާއިއެކު، މިފްކޯއިން ފުވައްމުލައް ސަރަހައްދަށް ޚާއްސަކޮށްގެން މިފެށި އޮޕަރޭޝަނާއެކު މިފްކޯއަށްކިރުވާ މަހުގެ އަދަދު އިތުވެގެންދާނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މިސަރަހައްދުގެ މަސްވެރިންނަށް ލުއިފަސޭހަކަމާއެކު މެދުނުކެނޑި މަސްކިރުވުމުގެ އިންތިޒާމު މިފްކޯގެ “ރަނދި 19” ބޯޓު ދާއިމީކޮށް ހަމަޖެހިގެންދާނެކަމަށް މިފްކޯއިން ވިދާޅުވިއެވެ.

HajjCop_ads

ފުވައްމުލައް ހިމެނޭ ސަރަހައްދުގައި މަސްވެރިކަން ކުރިއެރުވުމަށްޓަކައި އެ ސިޓީގައި މަސް ޕްރޮސެސިންގ ފެސިލިޓީގެ ގާއިމްކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު މިފްކޯއިން ވަނީ ފަށާފައެވެ. މިފެސިލިޓީ މިއަަހަރު ނިމުމުގެކުރިން ނިންމާލެވޭނެކަމަށާއި، އެއާއެކު ރައްކާތެރިކަމާއިއެކު ބަންދުކުރެވިފައިވާ މަހުގެ އުފެއްދުންތައް، ފޯރުކޮށްދެވޭނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. އެގޮތުން ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި ގދ. ތިނަދޫގައި ޤާއިމުކުރަން ފަށާފައިވާ މަސް ގަންނަ މަރުކަޒު، 2026ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާ، އޮޕަރޭޝަނަށް ގެނައުމަށާއި އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މިއަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މިފްކޯގެ އެމްޑީ ކަމަށް އަނަސް އައްޔަންކޮށްފި

masverin

މި މަހުގެ އެކަނިވެސް މަސްވެރިންނަށް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Masverin

މަސްވެރިންނަށް މިއަދު 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި: މިފްކޯ

masverin

ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފި