ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޮޅިވަރަންފަރުގައި އަޅާފައިވާ 100 ހައުސިން ޔުނިޓު ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްފި

TTH_Ads
STO_Ads

ހދ. ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓު، އެރަށު ކައުންސިލާ ރަސްމީކޮށް ރޭ ހަވާލުކޮށްފިއެވެ.

މި ހައުސިން ޔުނިޓްތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުން ނޮޅިވަރަންފަރު ކައުންސިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރޭގެ ޖަލްސާގައި ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވަނީ، މި 100 ހައުސިން ޔުނިޓުން ނޮޅިވަރަންފަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ނާންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، އެރަށުގައި އިތުރު 250 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads

ރައީސް އިތުރަށް ވިދާޅުވީ، މި އިތުރު 250 ހައުސިން ޔުނިޓްގެ ތެރެއިން، އަންނަމަހު 100 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި މި ޔުނިޓްތައް ތަރައްޤީކުރާނީ ނޮޅިވަރަންފަރުގެ ރައްޔިތުންގެ ތެރެއިން ގޯތި އޮވެ ގޯތި އެޅޭނެ ގޮތް ނެތިފައި ތިބި ފަރާތްތަކުގެ ގޯތީގައި 3 ކޮޓަރީގެ ގެއެއް އެޅުމުގެ މަޝްރޫޢެއްގެ ގޮތުގައިކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ނޮޅިވަރަންފަރުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް