ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

112
STO_Ads
TTH_Ads
Advertisement

މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިހާރު އއ އަތޮޅަށް ރައީސުލްޖުމުހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގައި، އެމަނިކުފާނު އއ މާޅޮހު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖައްސާގައެވެ.

މި ޖަލްސާގައި އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑޮކްޓަރ އަބުދުﷲ މުއްތަލިބުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަޠީމް އެވެ.

MMA_Ads
HajjCop_ads
Advertisement

މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ  ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރުޢުގެ އަގަކީ 53829771.26 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގައި ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުންޏެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ފެންފުށީގައި ފުލުހުންގެ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އާރްޑީސީން ގެނައި ހެވީ ވެހިކަލްތަކަށް ޓެކްނިކަލް މީހުން ތަމްރީންކޮށްފި

މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ތިން ރަށެއްގެ މަގުހެދުން އާރްޑީސީއަށް