ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް ނިމުމުން ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ: ނާޒިމް

minister nazim
Maldivian_Ads
STO_Ads
TTH_Ads
Advertisement

ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އެސަރަޙައްދުގެ ސިއްޙީ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ބ.އަތޮޅުގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަންކަމަށެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ބ.އަތޮޅުގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚިދުމަތްތައް ޤާއިމުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހޮސްޕިޓަލުގެ މިހާރުގެ ޢިމާރާތުގައި ހުރި ޖާގައިގެ ދަތިކަންކަމަށެވެ. އެހެންކަމުން ބ.އަތޮޅު ހޮސްޕިޓަލުގައި ތަރައްޤީކުރާ އައު ހޮސްޕިޓަލާއެކު ގިނަ ޚިދުމަތްތަކެއް ޤާއިމުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ މުޅި އެސަރަޙައްދުގެ ސިއްޙީ ނިޒާމަށްވެސް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ބ.އަތޮޅުގެ ސިއްޙީ ޚިދުމަތަށް މިއޮތް ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ގެންނަވަން. އައު ހޮސްޕިޓަލާއެކު އައު ގިނަ ޚިދުމަތްތަކެއް ޤާއިމުކުރެވިގެންދާނެ.” ނާޒިމް

HajjCop_ads
Advertisement

ސިއްޙީ ވަޒީރު ވިދާޅުވީ، މިޢިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް އެރަށަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އަތޮޅު ފެންވަރުގައި ސަރަޙައްދީ ހޮސްޕިޓަލްތައް ފިޔަވާ ފުރަތަމަ މެމޮގްރަފީގެ ޚިދުމަތް ފެށީ ބ.އަތޮޅު ހޮސްޕިޓަލުގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިޚިދުމަތާއެކު ޚިދުމަތް ހޯދުމަށް މާލެއަށް ދާންޖެހޭޖެހުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި މާލޭގައި އޮންނަ ކިޔުއަށްވެސް މިއާއެކު ލުޔެއް އަންނާނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އައު ޢިމާރާތް ތަރައްޤީވުމާއެކު ކުރިއަށް އޮތްތަނުގައި މިހާރުގެ ޢިމާރާތް ބޭނުންކުރާނީ ޕަބްލިކް ހެލްތުގެ ދާއިރާ ހަރުދަނާކުރުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންވަނީ ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 50 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ. މިދަތުރުފުޅުގެ ތެރެއިން ބ.އަތޮޅު ހޮސްޕިޓަލުގެ މެމޮގްރަފީގެ ޚިދުމަތްވެސްވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ފެށިއްޖެ

ބޭހާއި ވެކްސިން ރައްކާކުރާ ޒަމާނީ ފެސިލިޓީގެ ބިންގާ އަޅައިފި

Saeed

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Geealaa health minister

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ