ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަފްސާނީ ސިއްހަތަށް ހާއްސަކޮށްގެން ތައްޔާރުކުރި ފޮތް މިނިސްޓަރ އަަށް އަރުވައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ތައްޔާރުކުރި ‘ވިލުންތެރި އެކުވެރިން’ ފޮތް ޞިއްޙީ ވުޒާރާގެ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޒިމް އަށް އަރުވައިފިއެވެ. މި ފޮތަކީ ބެލެނިވެރިންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު އެކުލަވާލެވިފައިވާ ފޮތެކެވެ.

‘ވިލުންތެރި އެކުވެރިން’ ފޮތުގައި ހިމެނެނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު، ކުޑަކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ވާހަކަތަކާއެކު ދިވެހި އަދި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ މައުލޫމާތެވެ. ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުގެ ކޮންސަލްޓަންޓް އިން ސައިކައިޓްރީ ޑރ. ޝަނޫހާ މަންސޫރު ވިދާޅުވި ގޮތުގައި މި ފޮތް އަމާޒުކުރެވިފައިވަނީ ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލާ ކުޑަކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށެވެ.

ފޮތުގެ ފަރުމާގައި ރާއްޖޭގެ ޤުދުރަތީ މާޙައުލާ ގުޅުވައިގެން، ކުޑަކުދިންނާ ގުޅުންހުރި ހަތަރު ވާހަކައެއް ހިމަނާފައިވެއެވެ. މި ވާހަކަތަކުގައި ކުޑަކުދިންނަށް ދިމާވާ އެކި ބާވަތުގެ ނަފްސާނީ ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވާއިރު، ބެލެނިވެރިންގެ ގައިޑްގައި މިފަދަ ޙާލަތްތަކުގައި އަމަލުކުރެވިދާނެ ގޮތްތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

HajjCop_ads
Advertisement

ޑރ. ޝަނޫހާ މަންސޫރު އިތުރަށް ވިދާޅުވީ މި ފޮތުގެ މަޤްޞަދަކީ މުޖުތަމަޢުގެ ތެރޭގައި ކުޑަކުދިންނާއި ބެލެނިވެރިންނަށް ދިމާވާ ނަފްސާނީ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ފޮތަކީ ކޮންމެހެން ނަފްސާނީ ބައްޔެއް ހުރި ފަރާތްތަކަށް އެކަނި ނޫން، އާންމު ގޮތެއްގައި ދިމާވާ ނަފްސާނީ ގޮންޖެހުންތަކަށް އެޑްރެސްކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމުގައި އުންމީދުކުރައްވާ ކަމަށެވެ.

‘ވިލުންތެރި އެކުވެރިން’ ފޮތް ނެރުއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ސީއީއޯ އަލްފާޟިލް އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމްގެ އިތުރުން ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުގެ ނަފްސާނީ ޞިއްޙަތުގެ ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ ވުޒާރާގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ފެށިއްޖެ

ބޭހާއި ވެކްސިން ރައްކާކުރާ ޒަމާނީ ފެސިލިޓީގެ ބިންގާ އަޅައިފި

Saeed

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Geealaa health minister

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ