ދެ ސައިކަލެއް ޖެހިގެން އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ދެ ކުއްޖަކާއި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް މިރޭ 9:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކަށާއި އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާއާއި އެ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވި މީހުންނަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.