ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލަ އިތުރަށް ތަހުގީގުކުރަނީ

Large 161337206156merw
ފުލުހުންގެ މައި އިދާރާ، ޝަހީދު އާދަމް ބިލްޑިން — ފޮޓޯ: ސަން
TTH_Ads
STO_Ads
Advertisement

މިދިޔަ ޖޫން މަހު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:30 ހާއިރެވެ. އޭގެ ފަހުން ސްޓެލްކޯއިން މައްސަލަ ހައްލުކޮށް، އަނބުރާ ކަރަންޓު ދީފައިވަނީ އެ ދުވަހު އިރުއޮއްސުނު އިރެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

އަދި އެ މައުލޫމާތަށް ބަލައި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރު ނުވާނޭހެން އެ ހިދުމަތުގެ ކަންކަން އިންތިޒާމުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށްވެސް އެ ދުވަހު ރައީސް ވިދާޅުވެފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ޖުލައި 26 އަދި 27 ގައި ސްޓެލްކޯގެ ސާރވިސް ސެންޓަރ ބަންދުވާނެ!

988

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!

Io

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރި ދައުލަތުގެ ދެވަނަ ކުންފުންޏަކަށް ސްޓެލްކޯ!

Igmh

ތުލުސްދޫ ކަނބަލުންނަށް ކަރަންޓަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި