ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނާމުތަކަކާއެކު އެސްޓީއޯގެ “ބެކް ޓު ސްކޫލް” ޕްރޮމޯޝަން ފަށައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

އެސްޓީއޯއިން ވަރަށް ހާއްސަ “ބެކް ޓު ސްކޫލް” ޕްރޮމޯޝަނެއް ފަށައިފިއެވެ.

އިނާމުތަކަކާއެކު އެސްޓީއޯއިން “ބެކް ޓު ސްކޫލް” ޕްރޮމޯޝަން ފަށާފައިވަނީ އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ގެ ނިޔަލަށެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ސްކޫލު ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށާއި އެގޮތުން އާންމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެ ކަމަށެވެ. ޑެވޮންޑޭލް އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެކެވެ.

HajjCop_ads
Advertisement

އޭގެ އިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓުތަކެއް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ކުއިކްބެރީ ބެރޭންޑުގެ “ޝުގާ ފްރީ” ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.

އެ ޕްރޮމޯޝަންގެ ދަށުން، އެ ބްރޭންޑުތަކުން 100 ރުފިޔާއަށްވުރެ ގިނައިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ޕްރޮމޯޝަން ނިމުމަށްފަހުގައެވެ.

އެސްޓީއޯއިން ބުނީ ގުރުއަތުން ހޮވޭ ހާއްސަ ތިން ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު “ޕީކަބޫ” ފިހާރައިގެ އަގުހުރި ތިން ގިފްޓް ވައުޗާ ލިބިގެން ދާނެ ކަމަށެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1500 ރުފިޔާގެ ވައުޗަރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އޭގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލު ކުދިންނަށް ބޭނުންވާ މުހިންމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓުތަކެއްވެސް ލިބިގެންދާނެ ކަމަށާއި ހަމައެއާއެކު ދެ ޕްރޮޑަކްޓެއް ވިޔަފާރިކުރުމުން އެކަތި ހިލޭ ލިބުމުގެ ފުރުސަތުވެސް އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތައް 7 ރަށެއްގައި، އިތުރު ތަންތަން މިއަހަރު ހުޅުވަނީ

އެސްޓީއޯގެ ދެކުނު ފޯރި ކުލަގަދަކޮށް މިއަހަރުވެސް ބާއްވައިފި

B 202608300414381788088478.8475

އިންޖިނިއަރިން ދާއިރާއިން ހާއްސަ ދެ ސްކޮލާޝިޕް އެސްޓީއޯއިން ތައާރަފުކޮށްފި

6745be31 9f7b 4135 ae94 f9cffbfef23b

އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ދަރިވަރުންނަށް ޚާއްޞަ ހަރަކާތްތަކެއް