ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރުން ދިރާސާކުރުމަށް ކޮމިޓީއަށް

112
STO_Ads
TTH_Ads
Advertisement

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުޞަތުގައި ތިން ބޭފުޅަކު އެ މަޤާމަށް ކުރިމަތިލެއްވިއެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ.

އެ ތިން ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިސްކަންދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށެވެ. އަދި ރައީސުލްޖހުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާދެއްވާފައިވާކަމަށް ބަޔާންކުރައްވާފައެވެ.

HajjCop_ads
Advertisement

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީ އަމީން އާންމު އިއްވެެވުމުން، އުއްތަމަ ފަނޑިޔާރުކަމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހު އެ މަޤާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ޖޭއެސްސީން ލަފާދެއްވާފައިވާ ޢަބްދުލްޣަނީ މުޙައްމަދު ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ. އެ މުއްދަތުގައި އެމަނިކުފާނު ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. 2018ގެ ޖޫން އިން ފެށިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ޢަބްދުލްޣަނީ މުޙައްމަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ޢަބްދުލްޣަނީ މުޙައްމަދު ހުންނަވަނިކޮށް، 2019 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ނިންމެވުމަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ މަޤާމުން އޭނާ ވަކިކުރައްވާފައެވެ. ޢަބްދުލް ޣަނީ މުޙައްމަދު ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުވެސް އަދާކުރައްވާފައެވެ. އެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HJBJN

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ފާސްކޮށްފި

majilis

ގުނަވަން ޓްރާންސްޕްލާންޓުގެ ބިލު މަޖިލީހުން ފާސްކޮށްފި

8u

އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގެ މައްސަލަތައް ތަހުގީގުކުރަން ފުލުހަށް ހުށަހަޅަނީ

88887

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި ރައީސް ފާހަގަކުރެއްވި ކަންބޮޑުވުންތައް އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި